ޓެކްސް

ފުރަތަމަ މަހު ޑޮލަރުން އާމްދަނީއަށް 73 މިލިއަން

Feb 11, 2022

އާ އަހަރުގެ ފުރަތަމަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 73 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި ފުރަތަމަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 73,881,562 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 46,668,041 މިލިއަން ޑޮލަރެވެ.

ދައުލަތަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމާ ގުޅުންހުރި ޓެކްސް ތަކުންނެވެ. މިގޮތުން ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 49,8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 6.2 މިލިއަން ޑޮލަރު ލިބުނެވެ.