ދައުލަތުގެ އާމްދަނީ

މިދިޔަ އަހަރަށްވުރެ ލިބުނު ހިލޭ އެހީ މަދުވެއްޖެ

Feb 13, 2022

ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 7.4 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށްވުރެ މަދު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީއަށް 7.4 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 29.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި މި އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އާމްދަނީއަށް 2.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވުމާއެކު ސަރުކާރުން ހިލޭ އެހީ ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން 2020 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި މީގެ 958 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.