ސާފް ސުޒުކީ ކަޕް

ސުޒުކީ ކަޕުގެ ޓިކެޓް 100 އާއި 700 ރުޕީސްއާ ދެމެދުގައި

އިންޑިޔާގައި މާދަމާނޫން އަނެއް ދުވަހު ފަށާ ސާކު ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕުގެ ޓިކެޓް 100 ރުޕީސް އާއި 700 ރުޕީސްއާ ދެމެދުގައި ވިއްކަން ހަމަޖައްސައިފި އެވެ.

ޕާކިސްތާން ފިޔަވައި ސާކުގެ އަނެއް ހަތް ގައުމު ވާދަކުރާ މުބާރާތުގެ ޓިކެޓް ވިއްކުން އިފްތިތާހުކޮށްދެއްވީ އިންޑިޔާގެ ޓްރިވެންޑްރަމް ޑިސްޓްރިކްޓް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ވީ ސެވަންކުއްޓޭ އެވެ.

ޓްރިވެންޑަރްމަ ސިޓީ ހޮޓަލުގައި ޓިކެޓް ވިއްކުން އިގްތިތާހު ކުރުމުގެ ގޮތުން އޭނާ ވަނީ ޓްރިވެންޑްރަމުގެ މޭޔަރު ޕްރަސަންތު އަށް މުބާރާތުގެ ޓިކެޓެއް ހަދިޔާކުރައްވައިފަ އެވެ.

މުބާރާތުގެ އެންމެ އަގުހެޔޮ ޓިކެޓްގެ އަގަކީ 100 ރުޕީސް (23.19 ރުފިޔާ) އެވެ. އެންމެ އަގުބޮޑު ޓިކެޓްގެ އަގުއަގަކީ 700 ރުޕީސް އެވެ. ދެން ޓިކެޓްތައް ވިއްކާނީ 300 ރުޕީސް އާއި 400 ރުޕީސްއާ ދެެމެދުގަ އެވެ.

ސުކުޒީން ސްޕޮންސާކޮށްގެން ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއި ޗެމްޕިއަން އަފްގާނިސްތާން އަދި ބަނގްލަދޭޝްއާ އެކު ގްރޫޕް ބީ ގަ އެވެ. އޭ ގްރޫޕުގައި ހިމެނެނީ އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ދިވެހިންނަށް ހިލޭ ފޯރުކޮށްދިނުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.