ސާފް ސުޒުކީ ކަޕް

ސާފް ސުޒްކީ ކަޕް ގެ "އަވަސް" ކަވަރޭޖް އެމްޓީސީސީއާ އެކު

Dec 21, 2015
2
  • ކޯ ސްޕޮންސަރުންނަކީ މޯލްޑިވިއަން އަދި ގޯލްޑަން ލޭން
  • ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ
  • މެޗްގެ ލައިވް ކަވަރޭޖް ގެނެސްދޭނެ

ދިވެހިންނަށް ބޯމަތިވަމުން އަންނަ ފުޓްބޯޅައިގެ ބޮޑު އީދު ކަމަށްވާ، ސާފް ސުޒްކީ ކަޕް 2015 ގެ ހަބަރުތައް ގެނެސްދިނުމަށް. "އަަވަސް"ގެ ޓީމުން ކުރާ މަސައްކަތުގައި، މައި ސްޕޮންސަރެއްގެ ގޮތުން، އެމްޓީސީސީ ބައިވެރިވެއްޖެ އެވެ. އަދި އެމްޓީސީސީ އާ އެކު ކޯ ސްޕޮންސަރުންގެ ގޮތުން ގައުމީ އެއާލައިން މޯލްޑިވިއަން އާއި ގޯލްޑަން ލޭން އަދި ޓެލެކޮމް ޕާޓްނަރެއްގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ބައިވެރިވެ އެވެ.

ސާފް ސުޒްކީ ކަޕް 2015ގެ ކަވަރޭޖް ގެނެސް ދިނުމަށް އަވަސްގެ ސްޕޯޓްސް އެޑިޓަރު، އަދި ތަޖުރިބާކާރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން މިވަގުތު ޓްރެވިންޑްރަމްގައި ހަރަކާތްތެރިވަމުން އަންނަ އިރު އަވަސްގެ ކަވަރޭޖް ތައާރަފް ކުރުމަށް ހާއްސަ ހަފްލާއެއް، ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނާއި ސްޕޮންސަރުންނާ އެކު ބްލޫބޭ ރެސްޓޯރަންޓްގައި ވަނީ ބާއްވައިފަ އެވެ.

މި ކުޑަ ރަސްމިއްޔާތުގައި "އަވަސް" އިން ސާފް ޗެމްޕިއަން ޝިޕަށް ތައާރަފް ކުރި ބުކްލެޓް ނެރެދިނީ ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިންނެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން އަވަސްގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ، ބުކްލެޓްގައި ސާފް ޗެމްޕިއަން ޝިޕަށް ނިކުންނަ ދިވެހި ސުކޮޑާއި ކުރީގެ ކުޅުންތެރިންނާއި ތާރީހުގެ މައްޗަށް ބަލައިލާފައިވާނެ ކަމަށެވެ. އަދި މި މުބާރާތަށް ފަހު ދަނގަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާތީ އޭނާއަށް ހާއްސަ ސޮފްހާއެއް ވެސް އޮންނާނެ ކަމަށް ޗީފް އެޑިޓަރު ވިދާޅުވި އެވެ. މީގެ އިތުރަށް މި ބުކް ލެޓް މާލެ އާއި އަތޮޅުތަކުގައި ބަހަމުން އަންނަ އިރު، މުބާރާތުގެ މެޗްތަކުގެ ސްކޯ ޗާޓެއް ވެސް އެއާ އެކު ހިލޭ ލިބޭނެ ކަމަށް އެޑިޓަރު ވިދާޅުވި އެވެ. 

މީގެ އިތުރަށް އަވަސް އިން ވަނީ ކަވަރޭޖް ގެނެސް ދިނުމަށް ހާއްސަ ސޮފްހާއެއް އޮންލައިންގެ ތެރޭގައި ގާއިމްކޮށްފަ އެވެ. މި ސޮފްހާޔާ ގޮތުން އެޑިޓަރު ވިދާޅުވީ މި ސޮފްހާ މެދުވެރިކޮށް ހަބަރުތަކާއި މުބާރާތާ ގުޅޭ ރިޕޯޓްތައް މެދުނުކެޑި ކިޔުންތެރިންނަށް ގެނެސްދީ މައުލޫމާތު މުއްސަދި ކޮށްދޭނެ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އެހީތެރިކަމާ އެކު މުހިންމު މެޗްތައް ވަގުތުން ސޮފްހާގެ ތެރެއިން ފެންނާނެ ގޮތް ހަނދާނެ ކަމަށް ވެސް އާދަމް ހަލީމް ވިދާޅުވި އެވެ.

"އަވަސްގެ މި ކުޑަ ޓީމާ އެކުވެސް މިކަމަށް މި އިސްނެގީ މިއީ ދިވެހިން އެންމެ ގަޔާވާ އެއް ކުޅިވަރަކީ ފުޓްބޯޅައަށް ވެފައި އަދި ގައުމީ ޓީމަކީ ދިވެހިންގެ ވިންދު ކަމަށް ވާތީވެ. މިއީ ގައުމީ ކަމެއް ކަމަށް ދެކިގެން. އަވަސް އިން ބަލާނީ މި ކަވަރޭޖް ޗައުގުވެރި ކަމާ އެކު ގެނެސްދިނުމަށް،" އާދަމް ހަލީމް ވިދާޅުވި އެވެ. 

ހަފްލާގައި ވާހަކަ ދައްކަވަމުން މައި ސުޕޮންސާ އެމްޓީސީސީގެ އެމްޑީ، އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ފުޓްބޯޯޅަ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވާތީ، އަވަސްގެ ކުޑަ ޓީމުން ކުރާ މި މަސައްކަތުގައި ބައިވެރިވާން ނިންމީ ކަމަށެވެ. އަދި މި ކަވަރޭޖްގެ ސަބަބުން ގިނަ ގޮތްގޮތުން ދިވެހި ފުޓްބޯޅައަށް ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަބްދުއް ރައްޒާގު ވިދާޅުވި އެވެ. އަދި އަވަސް ކަހަލަ އަލަށް އުފެދުނު ނޫހަކުން މިފަދަ ބުރަ މަސައްކަތެއް ކުރާތީ އެމްޑީ އެކަން ފާހަގަ ކުރެއްވި އެވެ.

"މިފަދަ ކަމެއްގައި އެމްޓީސީސީ ބައިވެރިވުން މުހިންމުކަން ފެނިގެން މިކަމުގައި ބައިވެރިވަމުން މި އަންނަނީ. އަވަސްގެ މި މަސައްކަތަށް ސާބަސް ދަންނަވަން. މިހާ ހަގު ނޫހަގުން މިހާ ކުޑަ ދުވަސްކޮޅެއްގައި މި ވަނީ ހަރުފަތަކަށް ގޮސްފައި،" އަބްދުއް ރައްޒާގު ވިދާޅުވި އެވެ.

ބުކްލެޓް:

އަވަސްގެ ސީއީއޯ، އިބްރާހިމް އުމަރު މަނިކު ވަނީ ކަވަރޭޖް ސްޕޮންސަކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ހާއްސަކޮށް އެމްޓީސީސީ އިން ދިން އެއްބާރުލުން ފާހަގަކޮށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ. ސީއީއޯ ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ޝައުގުވެރިވާ ހުރިހާ މައުލޫމާތެއް ކަވަރޭޖްގެ ޒަރިއްޔާ އިން ގެނެސްދޭނެ ކަމަށާއި މި ކަވަރޭޖަކީ މިކަމަށް އެއްބާރުލުން ދިން ވިޔަފާރިތަކަށް ވެސް އިޝްތިހާރު ވެގެން ދާނެ ކަމެއް ކަމަށެވެ.

"އަވަސް އިން އިރާދަ ކުރެއްވިއްޔާ މި ކަވަރޭޖް އެންމެ ޝައުގުވެރި ގޮތުގައި ގެނެސްދޭނަން." ސީއީއޯ ވިދާޅުވި އެވެ. އަދި މިފަދަ އެހެން މުބާރާތްތަކާއި ހާއްސަ އިވެންޓްތައް ކަވަރު ކުރުމުގައި އަވަސް އިން މުހިންމު ރޯލެއް ކުރިއަށް އޮތްތަނުގައި ކުޅޭނެ ކަން ވެސް ސީއީއޯ ފާހަގަ ކުރެއްވި އެވެ.

ސްކޯ ޗާޓް: