ޑިފެންސް މިނިސްޓްރީ

ބަންގްލަދޭޝްގެ އަސްކަރިއްޔާއާ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އެމްއެންޑީއެފްއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އެސްއެމްޝަފީއުދީން އަހްމަދު މިއަދު ބައްދަލުކުރައްވަ އެވެ.

އެމްއެންޑީއެފްއާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން، ތަފާތު އެކި ރޮނގުތަކުން އެމްއެންޑީއެފްގެ ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ޑިފެންސް މިނިސްޓަރުގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހްމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަހްމަދު ޝަރީފާއި ލެފްޓިނެންޓް ކާނަލް ހަސަން ބުޝްރީވަނީ ބައިވެރިވެވަޑައިގެންފައެވެ.