މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު ލަންކާއަށް ވަޑައިގަންނަވަނީ

ހަތަރުވަނަަ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާދަމާ ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މި މަހުގެ 27 އަދި 28 މި ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އެންއެސްއޭ ލެވަލް މީޓިން އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަންބޯގައެވެ. މި ދަތުރުފުޅަކީ ލަންކާގެ ސެކިއުރިޓީ އޮފް ޑިފެންސްގެ ދައުވަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެކެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ބައްދަލްވުުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެ-އިންޑިއާ-ލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލްވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގަލްދޭޝް، މޮރިޝަސް އަދި ސީޝެލްސްއިން ބައިވެރިވާނެ އެވެ.