މާލޭ ސިޓީ ކައުންސިލް

211 ޕާކިން ސްލޮޓަށް 2429 ހުށައެޅުން

ކާރު ވެހިކަލް ޕާކިންގް ޒޯން
0%
0%
0%

މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމް ހުށައަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ދެންމެ ބުނެފި އެވެ.

ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލުމަށްފަހު ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕޯޓަލް އިއްޔެ ވަގުތީ ގޮތުން ބަންދުކުރި އެވެ.

ނަމަވެސް މިއަދު މެންދުރު ފަހު ދެއަކުން ހަވީރު ހަޔަކަށް ވަނީ ފޯޓަލް މެދުވެރިކޮށް ފޯމް ހުށައެޅުމުގެ ފުރުސަތު ދީފައެވެ. ސިޓީ ކައުންސިލުން ބުނީ ހައެއް ޖެހުމާއެކު ފޯޓަލް ބަންދުކުރިއިރު 2429 މީހަކު ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އެ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ބުންޏެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345