މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލުގައި ރޯކޮށްލުން: ތިން މީހަކު ހައްޔަރުކޮށްފި

ރޭ ރޯކޮށްލި ސައިކަލު: މި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައި
0%
0%
0%

ނ. މިލަދޫގައި ރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހެއްގެ ސައިކަލައި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށެވެ.

ސީޕީ ހަމީދު މި މައްސަލައިގައި ވިދާޅުވީ ފުލުހުންނަށް އުދަނގޫ ކުރި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހަކަށް އިންޒާރުދީ ސައިކަލްގައި ރޯކޮށްލީ ރޭ މެންދަމުގެ ވަގުތުގަ އެވެ. ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މީހަކު އައިސް ސަައިކަލު މައްޗަށް ޕެޓްރޯލް އަޅާ ރޯކޮށްލާ މަންޒަރެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345