އިމްރާން އަބްދުﷲ

ސައިކަލު ރޯކޮށްލި މައްސަލައިގައި ފިޔަވަޅު އަޅާނަން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ:ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށްލި މައްސަލައިގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެއްޖެ --
0%
0%
100%

ރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ޒިންމާވާ ފަރާތްތަކާއި މެދުގައި ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަންތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސާލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

މި މައްސަލައިގައި ޒިންމާދާރުވާ ފަރާތްތަކާއި މެދުގައި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާއަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ރޭ ދަންވަރު ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ހިންގާ ކަމަށެވެ.

ފުލުސް މީހާގެ ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ މީހަކު އައިސް ސަައިކަލު މައްޗަށް ޕެޓްރޯލް އަޅާ ރޯކޮށްލާ މަންޒަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345