އެމްއެންޑީއެފް

ބްރިޖު މަތިން ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

Feb 19, 2022

ބްރިޖް މަތިން ދަތުރުކުރަމުން ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އަލިފާން ނިއްވާލުމުގައި އުޅޭ ސިފައިން އެ ސަރަހައްދަށް ދިޔައިރު ވެހިކަލްގައި އިން ޑްރައިވަރި އަލިފާން ނިއްވާލައިފި ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ސިފައިންގެއަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 9:49 ގައެވެ.