މާރިޔާ އަހުމަދު ދީދީ

މިނިސްޓަރު މާރިޔާ ޔޫއޭއީ އަަށް

Feb 19, 2022

މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އަބޫދާބީގައި މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު މާރިޔާ ފުރާވަޑައިގެންފައިވާ ކަމަށެވެ.

"ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ ޔޫއޭއީގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް ޝެއިހް މުހައްމަދު އަހްމަދު އަލްބަވަރުދީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.