މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ފުރާވަޑައިގެންފި

Feb 20, 2023

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޔޫއޭއީއަށް ފުރާވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިނިސްޓަރުގެ ދަތުރުފުޅަކީ ރަސްމީ ބޭނުމެއްގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މާރިޔާގެ މިދަތުރުފުޅުގައި މިއަދުން ފެށިގެން މި މަހުގެ 24 އަށް ޔޫއޭއީގެ އަބޫދާބީގައި ކުރިއަށްދާ "އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓަރު މާރިޔާގެ އަރިހުގައި ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފްގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.