މާރިޔާ އަހުމަދު ދީދީ

އެފްރިކާގެ އަންހެނުންގެ ހާއްސަ ސަމިޓެއްގައި މާރިޔާ ތަގުރީރުކުރައްވަނީ

ދެކުނު އެފްރިކާގައި ބާއްވާ އަންހެނުންނަށް ހާއްސަ ސަމިޓެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ސަމިޓް ކުރިއަށް ދާނީ ކުރިއަށް އޮތް މެއި މަހުގެ 11-12 އަށް ދެކުނު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ މިއީ މިފަދަ ހަތަރުވަނަ ސަމިޓެވެ.

ސަމިޓުގެ މިއަހަރުގެ ތީމަކީ "ވިމެން ޑްރައިވިން އިމްޕްކެޓް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އިން އެފްރިކާ" އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންގެ ތެރޭގައި މިވަގުތު އެންމެ ނުފޫޒުގަދަ އެއް ޝަހްސިއްޔަތެވެ. އަދި އެކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.