މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލެ ދޭއްގައި އެކްސިޑެންޓެއް ހިނގައިފި

Feb 20, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ މިސްކިތް ކައިރީގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެފައިވާތީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދަނީ އޭނާ އަށް ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ޕިކަޕް ދުއްވި މީހާއާއި ސައިކަލް ދުއްވި މީހާގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވެސް ދަނީ އިތުރުވަމުންނެވެ.