ސާފް ސުޒުކީ ކަޕް

ސުޒުކީ ކަޕަށް ދާ ގައުމީ ޓީމު ފައިނަލް ސްކޮޑް އިއުލާންކޮށްފި

މާދަމާ އިންޑިއާގައި ފަށާ ސާފް ސުޒުކީ ކަޕް މުބާރާތުގައި ރާއްޖޭ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ފައިނަލް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންފެ ނަންތައް އިއުލާން ކޮށްފި އެވެ.

ސާފް ސުޒުކީ ކަޕްގައި ބައިވެރވާ ރާއްޖެ ގައުމީ ޓީމު އިއުލާން ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިމުބާރާތުގެ ފަރިތަކުރން ތަކުގައި 29 ކުޅުން ތެރިން ބައިވެރިވި ކަމަށާއި އަދި އޭގެތެރެިން ކޯޗު ރިކީ ހާބަޓް މިހާރު ވަނީ މުބާރާތުގެ ފައިނަލް ސްކޮޑުގައި ހިމެނޭ 20 ކުޅުންތެރިން ހޮވާފައި ކަމަށެވެ.

ސުޒުކީ ކަޕްގައި ކުޅޭ ރާއްޖެ ގައުމީ ޓީމް ސްކޮޑް

 • 1. އަންސާ އިބްރާހިމް
 • 2. މުހައްމަދު އާރިފް
 • 3. އމްރާން މުހައްމަދު
 • 4. އަލީ ސަމޫހް
 • 5. ސަމްދޫހް މުހައްމަދު
 • 6. އަލީ އަމްދާން
 • 7. އިސްމާއިލް އީސަ
 • 8. އަލީ އައްޝަދު
 • 9. އަހުމަދު ނާޝިދު
 • 10. އައްސަދުﷲ އަބްދުﷲ
 • 11. އަހުމަދު އިމާޒު
 • 12. ޝާފިއު އަހުމަދު
 • 13. ހަމްޒާ މުހައްމަދު
 • 14. އަލީ އަޝްފާގު (ކެޕްޓަން)
 • 15. މުހައްމަދު އިމްރާން
 • 16. އަލީ ފާސިރު
 • 17. އަހުމަދު އަބްދުﷲ
 • 18. ހަސަން ނާއިޒް
 • 19. އބްރާހިމް އަބްދުﷲ
 • 20. މުހައްމަދު ފައިސަލް

ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް މިފަހަރު އެކުލަވާލައިފާވާއިރު ޒުވާން ކުޅުންތެރިން ގިނައިން ބައިވެރިކޮށްފައި ހުރި ކަން ފާހަގަ ކޮށްލަން ޖެހޭ ކަމަށާއި އަދި މިފަހަރު ވެގެންދިޔައީ ވަރަށް އުނދަގޫތަކެއް ވީ ފަހަރަކަށް ކަމަށް ކޯޗު ބުނެފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މުބާރާތުގެ ފަރިތަކުރުން ތައް ފެށީ 29 ކުޅުންތެރިންނާއި އެކީ. އެހެން ނަމަވެސް އޭގެތެރެއިން 20 ކުޅުންތެރިން ނަގަން ޖެހުން ކޯޗައް ވެގެން ދިޔައީ ވަރަށް ބޮޑު ޗެލެންޖަކަށް. މީއީ އަސލު އަޅޫގަނޑޫމެން އުފާ ކުރނަ ޖެހޭ ކަމެއް އެއީ 29 ކުޅުންތެރެިނގެ ތެރެއިންވެސް ވާދަވެރި ކުޅުންތެރިން ތިބުން ދައްކާދެނީ ރާއްޖޭ ޓީމުގެ ވަރުގަދަ ކަން،" ބައްސާމް ވިދާޅުވި އެވެ.

ސާފް ސުޒުކީ ކަޕްގައި ބައިވެރިވާ ހުރިހާ އެހެން ގައުމުތަކެއް އިންޑިޔާއަށް ފުރާފައިވާ އިރު ބައްސާމް ވިދާޅުވީ ކޯޗާއި އަލީ އަޝްފާގު މެނޭޖަރ މީޓިން އަކަށް އިންޑިޔާއަށް ފުރާގފައިވާ އިރު އަންނަ ގައުމީ ޓީމްގެ ދެން ތިބި ކުޅުންތެރިން މިރޭ 11:30 ގައި މޯލްޑިވިއަން އިން ފުރާނެ ކަމަށެވެ. އަދި ފުރާ ވަގުތުގައި ބޮޑުބެރު ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދަޅުވި އެވެ.