ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެލައިޑް އިންޝުއަރެންސް

ޓްރެވަލް ތަކާފުލްއަށް ކޮވިޑް ކަވާ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ފޯރުކޮށް ދެމުން އަންނަ ޓްރެވަލް ތަކާފުލްގެ ހިދުމަތަށް ކޮވިޑް-19 ކަވާ އިތުރު ކޮށްފި އެވެ.

އެލައިޑުން ބުނީ ކޮވިޑް ކަވަރު ގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވާނެ ކަމަށެވެ. އެގޮތުން ކޮވިޑް ކަވަރުން ބަދަލު ލިބޭ މުހިންމު ހާލަތްތަކުގެ ތެރޭގައި ދަތުރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޓް ވާން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަށް ދާ ހަރަދު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އިމާޖެންސީ ސިއްހީ ފަރުވާ ބޭނުންވެއްޖެ ނަމަ އެކަމަށް ދާ ހަރަދު ކަވާކުރާނެ އެވެ.

އަދި މީގެ އިތުރުން ކޮވިޑަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތް ތަނެއްގައި ދަތުވެރިޔާ ހުންނަ ހާލަތެއްގައި، މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށްވެސް ޓްރެވަލް ތަކާފުލްގެ ކޮވިޑް ކަވަރުގެ ތެރެއިން ބަދަލު ލިބޭނެ ކަމަށެވެ.

އެލައިޑުން ތައާރަފްކޮށްފައިވާ ޓްރެވަލް ތަކާފުލް އަކީ ވެސް ދަތުރުމަތީގައި ކުރިމަތިވާ ހުރަސްތަކަށް ލުއިކަން ހޯދައިދޭ ޕްލޭނެކެވެ. އެގޮތުން ފައިސާއާއި އަގުބޮޑު މުދާ އަދި ޕާސްޕޯޓް ފަަދަ މުހިންމު ލިޔެ ކިޔުންތަކަށް ލިބޭ ގެއްލުުމާއި ކުއްލިއަކަށް ބޭނުންވާ ސިއްހީ ފަރުވާތަކަށް މިޕްލޭނުން ކަވަރޭޖް ޔަގީންކޮށްދެއެވެ.

އެހެންކަމުން ކޮވިޑް ކަވަރު އާއި އެކު މިޕްލޭން ވެގެންދާނީ، ނިއު ނޯމަލްގެ ތެރެއިން އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެންމެންވެސް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއްކަން ހަނދުމަކޮށްދޭ ޕްލޭނަކަށް ކަމަށް އެލައިޑުން ބުނެ އެވެ.

ކޮވިޑްގެ ސަބަބުން ދަތުރު ފަތުރުކުރުމުގައި ގިނަ ގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދުވަސްވަރު ކަސްޓަމަރުންގެ ބޭނުންތައް ފުއްދާ ދިނުމަށް ތައާރަފުކޮށްފައިވާ މިކަވާރްގެ ރައްކާތެރިކަން ހުރިހާ ދަތުރުވެރިންނަށް ލިބުމަށް އަޔާދީއިން އެދެއެވެ.

މައިއެލައިޑްއެމްވީ ޕޯޓަލް މެދުވެރިކޮށް ޓްރެވަލް ތަކާފުލްގެ ހިދުމަތް ވަގުތުން ހޯދޭނެ ކަމަށް އެލައިޑުން ބުނެ އެވެ.