އެމްއެންޑީއެފް

ގެއެއްގައި ރޯވެ 10 މީހަކު ހޮސްޕިޓަލަށް

ހ. ނޫއަލިގޭގައި ރޯވެ، ދުމުގެ އަސަރު ކޮށްގެން 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި އެވެ

ސިފައިންގެއިން ބުނީ ނޫއަލިގޭގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:55 ގައި ކަމަށެވެ. ރޯވި އަލިފާން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވެ މިހާރު ނިއްވާލައިފާ ކަމަށެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ 9:25 ގަ އެވެ.

މި ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ހޯދުމަށް ސެނަހިޔާއަށް ފޮނުވާފައިވާ ކަމަށް ސިފައިންގެ އިދާރާއިން ބުނެ އެވެ.

އިއްޔެ ވެސް މާލޭގައި ވަނީ އަލިފާނުގެ ހާދިސާއެއ ހިނގާފަ އެވެ. އިއްޔެ ރޯވީ ހެންވޭރު ފައިން ބީޗު ގޭގެ ގްރައުންޑް ފްލޯގެ ބަދިގޭގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.