ލޯބިވާ މީހަކު އޮންލައިންކޮށް ވެސް ލިބުމަކީ ކޮންމެ މީހަކުވެސް ވަރަށް އުފާވާނެ ކަމެކެވެ. ޚާއްސަކޮށް ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ މީހަކަށް އޭނާ އާ ގުޅޭ ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެއެވެ. ވާހަކަ ނުދެއްކޭ މަންމަނު ދެ މީހަކު އިންސްޓަގްރާމުން ދިމާވެ އެމީހުންގެ މެދުގައި ލޯބި އުފެދި ދާދިފަހުން ވަނީ ކައިވެނިކޮށްފަ އެވެ.
އިންޑިއާގެ ތެލަންގަނާގައި ދިރިއުޅޭ އަތުރާމް ލަތާ (ޖޯތީ) އާއި އަންދްރަ ޕްރަދޭޝްގެ އޮންގޯލޭ ކިޔާ އަވަށެއްގައި ދިރިއުޅޭ އަރުން ފުރަތަމަ ދިމާވީ އިންސްޓަގްރާމުންނެވެ. ވަރަށް އަވަހަށް ދެމީހުންގެ މެދުގައި ލޯބީގެ މާތައް ފޮޅުނެވެ. އަދި އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވެ ކައިވެންޏާ ހަމައަށް ދެވުނެވެ.
މި މީހުންގެ ކައިވެނިކޮށްދިނުމުގައި ސޯޝަލް ވޯކާރުންގެ ދައުރު ވަރަށް ބޮޑެވެ. މި ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން އެނގުމުން ކައިވެނިކޮށްދިނުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނީ ސޯޝަލް އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ގްރޫޕަކުންނެވެ.
ކޮރޯނާވައިރަސް ޕެންޑެމިކް ތެރޭގައި މިފަދަ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މި ގްރޫޕުން ބުނެފައި ވެއެވެ.