މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރަނީ

Feb 23, 2022

މާލެ ސިޓީ ކައުންސިލް އުފެއްދި ތާރީހު ކަނޑައަޅައި، މިއަހަރުން ފެށިގެން އެ ތާރީހުގައި ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ އަހަރީ ދުވަސް ކަނޑައެޅުމާއި އަހަރީ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރުމާ ގުޅޭ މައްސަލަ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މައްސަލަ ހުށަހަޅުއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ނުރަސްމީކޮށް އެކި ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި މާލެ ސިޓީ ކައުންސިލް އުފެއްދި ތާރީހުގެ ގޮތުގައި އެކި ބޭފުޅުން ދެއްވީ އެކި ތާރީހު ކަމަށެވެ. ބައެއް ބޭފުޅުން އަހަރީ ދުވަހުގެ ގޮތުގައި ގަބޫލުކުރައްވަނީ މުނިސިޕަލްޓީގެ ގޮތުގައި އިދާރާ އުފެދުނު ދުވަސް ކަމަށާއި މާލެ ސިޓީ ކައުންސިލްގެ ނަމުގައި އިދާރާ އުފެދުނު ދުވަހަކީ ވެސް އަހަރީ ދުވަހުގެ ގޮތުގައި ގަބޫލުކުރައްވާ ބޭފުޅުން ތިއްބެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނީ މިއަދާ ހަމައަށް އައި އިރުވެސް ރަސްމީ ގޮތެއްގައި ކައުންސިލްގެ އަހަރީ ދުވަހެއްގެ ގޮތުގައި ކަނޑައަޅާ، އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާނެ ދުވަހެއް ނިންމިފައެއް ނުވޭ، އެހެންވެ އެކި ބޭފުޅުން އެކި ތާރީހު ދެއްވާ އެކަމާ ގުޅޭ ޑިބޭޓެއް ކުރެވެމުން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމަށާއި، ސިޓީ ކައުންސިލްގެ މަސައްކަތްތަކުން ހާސިލް ކުރެވުނު މިންވަރު ކަނޑައަޅައި އެކަން ފާހަގަކުރުމަށާއި، މާލެ ސިޓީއާ ގުޅޭ މުހިއްމު މަސައްކަތްތައް ކުރެވުނު ގޮތް ފާހަގަކުރަން ކަނޑައެޅޭ ވަކި އަހަރީ ދުވަހެއް އޮންނަންޖެހޭ ކަމަށެވެ. ދައުލަތުގެ އެހެން އިދާރާތަކުން ވެސް އެ އިދާރާތަކުގެ އަހަރީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރާތީ ސިޓީ ކައުންސިލުން ވެސް އަހަރީ ދުވަސް ރަސްމީކޮށް ކަނޑައަޅަން ބޭނުންވީ ކަމުގައި ވިދާޅުވި އެވެ.

މާލެ މުނިސިޕަލްޓީގެ ނަމުގައި ހިންގަމުން ދިޔަ އިދާރާ، މާލެ ސިޓީ ކައުންސިލްގެ ނަމުގައި އުފެއްދީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 ވަނަ އަހަރު އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަހުގެ ގޮތުގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ ޖުލައި ތިންވަނަ ދުވަހެވެ. އެހެންވެ މިއަހަރުން ފެށިގެން އަހަރީ ދުވަސް ފާހަގަކުރުމަށާއި އަދި މިއަހަރުގެ އަހަރީ ދުވަހު ކުރިއަށް ގެންދާނެ ކަންކަން ކަނޑައަޅައި ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމަށް މޭޔަރު މުއިއްޒު ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް އަންގަވާފަ އެވެ.

އަހަރީ ދުވަހުގެ ގޮތުގައި ޖުލައި ތިނެއް ފާހަގަކުރަން ނިންމީ ޖުލައި 1، 1956 ގައި ފާސްކުރި ބިލްގެ ދަށުން، އޭރުގެ ރަސްގެފާން މުހައްމަދު ފަރީދު ދީދީގެ ފަތްކޮޅަކުން ޖުލައި 3، 1956 ގައި "މުނިސިޕަލްޓީ"ގެ ނަމުގައި މިހާރުގެ މާލެ ސިޓީ ކައުންސިލް އުފައްދަވާފައިވާތީ އެކަމާ ގުޅުވައިގެންނެވެ.

މުނިސިޕަލްޓީގެ ފުރަތަމަ ރައީސްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އޭރުގެ ވަޒީރުލް އައުޒަމް އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރު އެވެ. މާލެ ސިޓީ ކައުންސިލްގެ ނަމުގައި އުފެއްދެވި އިދާރާގެ ދަށުން މާލޭގެ ފުރަތަމަ މޭޔަރަކަށް އިންތިހާބުކޮށްފައިވަނީ ސަރަނގު އާދަމް މަނިކު އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރި ތާރީހަށް ބަލައިގެން އެ އިދާރާގެ އަހަރީ ދުވަސް ފާހަގަކުރާނަމަ މާލެ ސިޓީ ކައުންސިލުން މިއަހަރު ފާހަގަކުރާނީ 67 ވަނަ އަހަރީ ދުވަހެވެ.

މާލެ ސިޓީ ކައުންސިލް އުފެއްދި ތާރީހުގެ ގޮތުގައި ހުރިހާ ކައުންސިލަރުން އިއްތިފާގުވެވަޑައިގެންނެވި ތާރީހުގައި މިއަހަރުން ފެށިގެން އަހަރީ ދުވަސް ފާހަގަކުރުމަށާއި އަދި މިއަހަރުގެ އަހަރީ ދުވަހު ކުރިއަށް ގެންދާނެ ކަންކަން ކަނޑައަޅައި ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމަށްވެސް މޭޔަރު މުއިއްޒު ވަނީ