ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ
ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެ ބީޗް ޕާކް ތަރަްގީކޮސްފައިވަނީ ދަތުރު ގޮސް އުޅޭ މީހުންނަށް ފަސޭހަވާނެހެން ބެންޗު ބަހައްޓައި، އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ ގޮތް ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެން ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ގާއިމްކޮށްފައި ކަމަށެވެ.
އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ބަހައްޓައި، ދަތުރުދާ މީހުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ޕާކްގައި ބަހައްޓާފައިވާ ކަމަށެވެ.
ބ. ކުޑަރިކިލުގައި ކޮމިއުނިޓީ ފަންޑުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް، އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެ ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރި ވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކމަސް ބޭންކުން ބުނެ އެވެ. އެ ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.