ކޮވިޑް-19 އަަށް ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ދެވަނަ މަރެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ހަވީރު 5:15 ގައި މަރުވެފައިވަނީ އުމުރުން 97 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި އަންހެނެކެވެ.
އެ މީހާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޭގެ ފަހުން 81 އަހަރުގެ ދިވެހި ފިިރިހެނަކުވެސް ވަނީ މަރުވެފައެވެ. އިރުއޮއްސި 6:54 ގައި އެ މީހާ މަރުވީ ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދުގެ ދެ މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 294 އަށް އަރާފައެވެ.