މާލޭގައި މިރޭ އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފި އެވެ.
މިރޭ އަލިފާން ރޯވީ ސީގަލް ކެފޭ ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ބިޖްލީ ކާސަލް ނަމަކަށް ކިޔާ ގެއެއްގަ އެވެ.
ސިފައިން ފަޔަމަނުންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ.
އަލިފާން ރޯވި ގެއަށް ގެއްލުންތަކެއް ލިބުނު ނަމަވެސް އެކަމުގެ ތަފްސީލް އަދި ލިބިފައެއް ނުވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މާލޭގައި މިއަދު ހެނދުނު ވެސް ވަނީ ހެންވޭރު ގެއެއްގައި އަލިފާންގެ ހާދިސާއެއް ހިނގާފަ އެވެ.