ނޭވާލާން އުނދަގޫވާތީ އެތައް އަހަރަކު މީހަކު އެ ވޭނުގައި އެތައް އަހަރަކު އުޅެފި އެވެ. އެތައް އަހަރެއް ފަހުން މި މީހާއަށް ދިމާވެގެން އުޅޭ މައްސަލަ ހޯދުނުއިރުއެކަން ވީ ނޭފަތުގެ ކެވިޓީ ތެރެއިން ދަތެއް ފަޅާތީ ދިމާވި ކަމަކަށެވެ.
ވަރަށް މަދު ހާލަތެއްގައި ނޫނި އިންސާނުންނަށް ދިމާނުވާ މި މައްސަލައިގެ ތަފްސީލު ޑރ. ސާގަރް ކަންނާ އާއި މައިކަލް ޓާނާ ލިޔުއްވާފައިވަނީ ނިއު އިންގްލެންޑް މެޑިކަލް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގަ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 38 އަހަރުގެ މި މީހާ ނިއު ޔޯކްގެ މައުންޓް ސިނާއީ ހޮސްޕިޓަލުގެ އީއެންޓީ ކްލިނިކަށް ދެއްކީ އެތައް އަހަރެއް ވަންދެން އެއް ނޭފަތުން ނޭވާ ލާން އުނދަގޫތަކެއް ހުންނާތީ އެވެ. އޭނާގެ ނޭފަތުގެ ކެވިޓީގައި ދަތެއް އުފެދިފައި އިންކަން އެނގުނީ އެ ހޮސްޕިޓަލުން ވަރަށް ގިނަ ޓެސްޓްތައް ހަދައިގެންނެވެ.
މިކަހަލަ ދަތަށް ކިތަނީ އެކްޓޯޕިކް ޓީތެވެ. މި ވައްތަރުގެ ދަތަކީ އަތްތައް އާއްމުގޮތެއްގައި އުފެދޭ ގޮތަށް ހިރުގަނޑުގައި އުފެދޭ ދަތެއް ނޫނެވެ. ދަތް ފަޅަން ނުޖެހޭ ހިސާބުތަކުގައި މިފަދަ ދަތް އާއްމުކޮށް ފަޅަ އެވެ. މިފަދަ ދަތެއް ފެޅުމުގެ ފުރުސަތު އޮންނަނީ އާބާދީގެ އެންމެ 0.1 މީހުންގެ އެވެ. އަދި މިކަން ގިނައިން ދިމާވަނީ އަންހެނުންނަށް ވުރެ ފިރިހެނުންނަށެވެ.
މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތައް ޑޮކްޓަރުންނަށް ފާހާގަކުރެވި މެޑިކަލް ޖާނަލް ތަކުގައި ލިޔުއްވާފައި ވެއެވެ. އެގޮތުން ލައިވްސައިންސްގައި ލިޔެފައިވާ މި ފަދަ ރިޕޯޓެއްގައިވާ ގޮތުން 59 އަހަރުގެ ޑެންމާކް ފިރިހެނަކަށް ވެސް 2019 ގައި ހަމަ މިފަދަ ކަމެއް ދިމާވި އެވެ. އޭނާގެ ނޭފަތުގައި ދަތެއް ފެޅުމުގެ ސަބަބުން އޭނާގެ ވަސް ދުވުމުގެ ހިއްސު މުޅިން ކެނޑުނު ކަމަށާއި ފަހުން ސާޖަރީ ހަދައިގެން ދަތް ނެގީކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.