މަރު

އާޒިމްގެ މަންމަ އަވާހަރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަންމަ އަވަހާރަވެއްޖެ އެވެ.

އާޒިމްގެ މަންމަ އަޒީޒާ އަހުމަދު އަވަހާރަވީ މިރޭގެ ވަގުތެއްގަައި އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަޒީޒާއަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ބާނީ ކްއީން ވަހީދުގެ އަނބިކަނބަލުންނެވެ. އަދި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ގެ މަންމަ އެވެ.

އުމުރުން 72 އަހަރުގައި އަޒީޒާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

އަޒީޒާގެ ޖަނާޒާ އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.