އެކްސްޕޯ މޯލްޑިވްސް 2015

ދިވެހި އުފެއްދުންތައް އޮޓަމޭޓްކޮށް އެއަށް މާކެޓް ހޯދަންޖެހޭ: ރައީސް

ރައީސް ޔާމީން އެކްސްޕޯ މޯލްޑިވްސް ބައްލަވާލައްވަނީ --
100%
0%
0%

ދިވެހި ފަންނާނުންގެ އުފެއްދުންތަކަކީ ހުނަރުވެރި ފަންނުވެރި އުފެއްދުންތައް ކަމަށާއި އެތަކެތި އޮޓަމޭޓްކޮށް ގިނަ މުދާ އުފައްދައިގެން އެއަށް މާކެޓް ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުމަށްފަހު މިރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 12 އަހަރުން ފަހުން ބޭއްވި މައުރަޒުން ދިވެހިންގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމަށެވެ.

"ކާރުހަނާއެއްގައި އެއްޗެއްހި އުފައްދަން ވަރަށް ގިނައިރު އެކަމުގެ ތެރޭގައި އުޅެންޖެހޭނެ، ކުދި ޖަޒީރާ ގައުމެއްގައި އުޅޭ ބަޔަކަށްވާތީ އަޅުގަނޑުމެންގެ ވޯކް ހެބިޓް އެގޮތަށް ހުރި ކަމެއް އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑުމެންނަކީ އެއަށްވުރެ ފަސޭހައިން އާމްދަނީ ހޯދާ ބައެއް، އެހެންނަމަވެސް މިތަކެތި ތަކަކީ އޭގެން ރަނގަޅު އާމްދަނީއެއް އެ އުފައްދާ ބަޔަކަށް ލިބިގެންދާނެ ތަކެތި ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފަންނާނުންގެ އުފެއްދުންތަކަށް މާކެޓެއް ހޯދައިދެވިފައިނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ފަންނުވެރިންގެ އުފެއްދުންތަކަަށް މާކެޓް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. މާކެޓް ހޯދުމަކީ ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުން ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "މި ސަރުކާރަކުން މަސައްކަތްތެރިން ޑިސަޕޮއިންޓެއް ނުކުރާނެ، މަސައްކަތްތެރިންނަށް ހިތްވަރުދީގެން ކަންތައް ކުރަން ބޭނުންވަނީ،"

ރައީސް ވިދާޅުވީ ދިވެހި އުފެއްދުންތައް ބޭރަށް ފޮނުވައިގެން ނޫންނަސް މާކެޓް ހޯދޭނެ ކަމަށެވެ. ރާއްޖޭގައި ފަތުރުވެރިކަން އިންތިހާއަށް ފުޅާވެފައިވާއިރު ދިވެހި އުފެއްދުންތައް ރިސޯޓްތަކަށް ވިއްކޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. "އޭރަށް ދެއްތޯ އިންޑޮނޭޝިއާއިން މި ގެންނަ ސާމާނު ގެނައުން ހުއްޓޭނީ،"

ރައީސް ވިދާޅުވީ ރާއްޖޭގެ އެތެރޭން މާކެޓް ލިބެން އޮތްނަމަވެސް އެތަކެތި މެދުކެނޑުމެއް ނެތި ރިސޯޓްތަކަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އެކަން ކުރުމަށް ދަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ޗައިނާގައި ބާއްވާ މައުރަޒުން ރާއްޖެއަށް "ކަންޓްރީ އޮނަރ" ގެ ލަގަބު ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންނަށް ހާއްސަ ކަންތައްތަކެއް ޗައިނާއިން ވަނީ ފަހިކޮށްދެއްވާފައި،" އެ މައުރަޒުގައި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ބައެއް ތަކެތި ބައިވެރިކުރާނެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފޯރމެޓެޑް

ސިވިލް ސާރވިސް ކަމިޝަނުން އެބަޖެހޭ ގަބޫލު ކުރަން ސިވިލް ސާރވެންޓުންގެ ވޭޖް ބިލް އަކީ އެއީ ކަން މިހާރު ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު އިގްތިސާދީ މައްސަލަ އަކީ. މިކަން އެބަޖެހޭ ރަނގަޅު ކުރަން މަސައްކަތް ކޮށްދޭން ސިވިލް ސާރވިސް ކަމިޝަން މެމްބަރުން. އެނޫންނަމަ އެ މެމްބަރުން ވެސް ޖެހޭނީ ހަމަ ސިވިލް ސާރވިސް ތެރޭން ވޯކް އައުޓް ކުރަން އެވެ. މީގައި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު އެއްވެސް ޗޮއިސް އެެއްވެސް އޮވެގެން ނުވާނެއެވެ. މިކަން ހިނގަން ޖެހޭނީ މިމަގުން.. މިރާއްޖޭގެ ސިވިލް ސާރވެންޓުންނަކީ އެއީ އެކައުންޓަބިލިޓީ ވަރަށް ދަށް ބަޔެކެވެ. އަދި އެބައިމީހުންގެ ބާރާއި ނުފޫޒު އާންމު ރައްޔިތުންގެ މައްޗަށް ފޯރުވުމަށް ޓަކައި ވަރަށް ގިނަ އޮޅުވާލުން ތަކާއި އަދި މަކަރާއި ހީލަތް ވެސް ހަދަމުން އަންނަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ޖެލަސީ އެން އެންގަރ ކުރިއަށް ވަރަށް ބޮޑަށް ނެރޭ ކަން މިހާރު މިވަނީ ޕްރޫވް ވެފައެވެ. މިރާއްޖޭގައި ކަރަޕްޝަން މިހާބޮޑަށް އާންމު ވެފައި މިއޮތީ ވެސް ސިވިލް ސާރވިސް މުވައްޒަފުންނަކީ އެއީ ނޮން ޓެންޖިބުލް ބަޔަކަށް ވެފައިވާތީއެވެ. ސިވިލް ސާރވިސް މުވައްޒަފުންނަކީ އެއީ ދެކޮޅުން ކާ ބަޔެކެވެ. އެމީހުން ބޭނުން ސަރުކާރުގެ ސިޔާސީ ޕޯރޓިފޯލިޔޯ ތެރޭގެ ކްރީމް ގެ ބޭނުން ކުރަން ވެސް އަދި އެކަމަކު ސިޔާސީ މައިދާނަށް އެމީހުން ޖޮއިން ކުރާ ކަށް ވެސް ބޭނުމެއް ނޫން ރިސްކް ނަގައިގެން. މިރާއްޖޭގެ ސިވިލް ސާރވެންޓުން ސަރުކާރުގައި އުޅެނީ އެއީ ކްރުއަލް މައިންޑް ގެ އުސޫލުން ނެވެ. މިހާރު މިއޮތީ ވަގުތު އައިސް ޖެހިފައި ފިނޭންސް މިނިސްޓްރީގައި ތިބި ސިވިލް ސާރވެންޓުން މިއަދު ފިނޭންސް މިނިސްޓްރީ ގޯތި ތެރޭގައި ތިބެގެން ޖެއްސި ސްޓްރައިކް ގެ ސަބަބުން. މިރާއްޖޭގެ ސިިވިލް ސާރވިސް އެބަޖެހޭ ހިތިބޭސް ބޯން އެ ސާރވިސް އަށް ޖެހިފައިވާ ބަލިން ރަނގަޅުވުމަށް ޓަކައި. ސުވާލަކީ ރުހުމުގައި ހިތި ބޭސް ބޯނީތޯ ނުވަތަ ހިފާ ބާއްވާފައި ހިތިބޭސް ބޯން ދޭނީ ތޯއެވެ. މިއިން ކޮންމެ ވެސް އެއް އޮޕްޝަން ބޭނުން ކޮށް މިރާއްޖޭގެ ސިވިލް ސާރވިސް އެބަޖެހޭ ހިތިބޭސް ބޮއިގެން ބަލިން ރަނގަޅުވާން. ޔޫ ނީޑް ޓު ބީ ސްޓްރީމް ލައިންޑް.. ވީ އާރ ވޭކް އަޕް ނައު. ވީ ވިލް ނެވަރ އެވަރ އެވަރ ލޭ އަވަރ އާރމަރ ޑައުން. މީ އެމްޑީޕީގެ ސަރުކާރެއް ނޫން މިހާރު މިހިނގަނީ. އެކަން ޖެހޭނެ ވަރަށް ރަނގަޅަށް މިރާއްޖޭގެ ސިވިލް ސާރވިސް އަށް އަންޑަރސްޓޭންޑް ވާން. ސިވިލް ސާރވިސް އަށް އޮތް އަލްޓިމޭޓް ލައިނަކަށް ވެދާނެ ގާނޫނީ ގޮތުން ސިވިލް ސާރވިސް ފޯމެޓް ކުރަން ވެސް.. ޔޫ މޭބީ ފޯރމެޓެޑް..

ރިޗްބޯއިސް

އެންމެ ބޮޑު އަމާޒަކީ އެއީ އާމްދަނީ ހޯދޭނެ ގޮތް ކަމަށް ރައީސް ވިދާޅުވުމުން ވަރަށް އުފާވެއެވެ. އަޅުގަނޑުމެން ވަރަށް ދެެކެން ބޭނުންވޭ މާލެ ކައިރިން ޑީޕް ބްލޫ ސީ ގައި ކަޅުބިލަ މަސް ބްރީޑިންގް ފެކްޓަރީ އެއް ހެދުމަށް ފަހު އެތަނުން ރޮބަޓްސް ތަކުގެ އެހީގައި ކަޅު ބިލަ މަސް ބާނަމުން ދާތަން މާލޭގެ އުތުރު ފަރާތު ތޮށިގަނޑު މަތީގައި ތިބޭ އިރު ދެކެން. މީ މެރިން ސައެންސް އެންޑް ޓެކްނޮލޮޖީ އާއި އަދި މެރިން ބައޮލޮޖީގެ އިލްމު ބުނާ ގޮތުން ނަމަ ނުވާނެ ކަމެއް ނޫނެވެ. މީވެދާނެ ކަމެކެވެ. ކަން މިހެން ހުރުމުން ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އިނީޗިއޭޓިވް ނަންގަވައިގެން ސަރުކާރު ހިއްސާވާ ކުންފުންނަކާއި ބޭރުގެ އޭޝިއާ ޕެސިފިކް ގައި ހުރި މިބާވަތުގެ ކަން ކަން މޮޅަށް ކުރާ ކުންފުންނަކާއި އެކު ޖޮއިންޓް ވެންޗަރ އެއް ހަދައިގެން މިބާވަތުގެ އެކްސްޕްލޮރޭޝަން އެއް ރާއްޖޭގައި ހަދާ އަދި މިކަން ކާމިޔާބު ކުރަން އެބަޖެހެއެވެ. މިހެން ވެއްޖެނަމަ ރާއްޖޭން ކަޅު ބިލަ މަސް ދުވާލަކު 1 ބިލިއަން ޓަނު އެކްސްޕޯރޓް ކުރުމުން ދެން އެއީ މިރާއްޖެ ސައުދީ އެރެބިޔާ ގޮތަށް މުއްސަނދި ގައުމަކަށް ބަދަލު ވެގެން ދިޔައީ އެއް ނޫންތޯއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345