އަހުމަދު ނަސީމް

ޑްރަގާ ދެކޮޅު މަސައްކަތަށް ކިޔަވައިގެން ތިބި މީހުންގެ އެހީތެރިކަން ނުލިބޭ: މިނިސްޓަރު

ހެލްތު މިނިސްޓަރު ނަސީމް: ކިޔަވައިގެން ތިބި މީހުންގެ އެހީތެރިކަން ޑްރަގާ ދެކޮޅަށް ނުލިބޭކަމަށް ވިދާޅުވި--
0%
0%
0%

މަސްތުވާތަކެެއްޗާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި މިކަމާ ގުޅޭ ދާއިރާތަކުން ކިޔަވައިގެން ތިބޭ މީހުންގެ އެހީތެރިކަން ނުލިބޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް މާފުށި ޖަލުގައި ތައާރަފްކުރުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެެއްޗާ ދެކޮޅަށް މަސައްކަތް ކުރާއިރު މިކަމާ ގުޅޭ ދާއިރާތަކުން ތައުލީމް ހާސިލްކޮށްފައިވާ ދިވެހީންގެ އަދަދު ވަރަށް ގިނަ ކަމަށެވެ. އެގޮތުން ކައުންސިލިން އާއި ސޯޝަލް ސާވިސަސްގެ ދާއިރާ ފާހަގަކުރެއްވި އެވެ.

ނަމަވެސް މި ދާއިރާތަކުން ކިޔަވައިގެން ތިބި އެފަދަ ފަރާތްތަކުން ސަރުކާާރާއެކު މަސައްކަތް ނުކުރައްވާ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މިއީ ގައުމީ މަސައްކަތެއް. އަޅުގަނޑުމެންގެ މުޖުތަމައުއަށް ރަނގަޅުވަނީ އަޅުގަނޑުމެން މިކަމުގައި އެންމެން ބައިވެރިވެގެން މަސައްކަތް ކޮށްގެން. އަޅުގަނޑު އާދޭހާ އެއްްކޮށް މި ދަންވަނީ މިކަމުގެ މައުލޫމާތު ލިބިވަޑައިގެން ނޫނީ ޑިގްރީ ހައްދަވައިގެން ތިބި ބޭފުޅުންނާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސްކުރަން އަޅުގަނޑުމެންނާ ޖޮއިން [ގުޅޭށޭ] ކުރައްވާށޭ،" ނަސީމް ވިދާޅުވި އެވެ.

ގައިދީންނަށް ޑްރަގް ރީހެބްގެ ފަރުވާ ދޭން މިއަދު ފެށި ނަމަވެސް މިނިސްޓަރު ވިދާޅުވީ ރީހެބް ފަރުވާގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރަން ވެސް ޖެހޭ ކަމަށެވެ. އެގޮތުން މި މައްސަލައަށް ބެލެނިވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަންނަ އޭޕްރީލް ނުވަތަ މޭ ހިސާބުގައި ޕްރޮގްރާމެއް ފަށާނެކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345