އަސްކަރިއްޔާއަށް އަސްކަރީ މަތިންދާ ބޯޓްތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ އަސްކަރީ މަތިންދާ ބޯޓް ގެންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އާންމު ދަތުރުތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ލ. ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު އެމްއެންޑީއެފްގެ ފްލީޓަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފުރަތަމަ މަތިންދާ ބޯޓް ގެންނާނެ ކަމަށެވެ.
" ކައްދޫ އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތްތަކެއް މިދަނީ ކުރަމުން. ދިވެހި އަސްކަރީ އުދުހުމުގެ ދާއިރާއަށް ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކަށް ވެގެންދާނީ މަތިންދާ ބޯޓް ގެނައުން. ކުރިއަށް އޮތް ދެ އަހަރު ތެރޭ" މިނިސްޓަރު ވިދާޅވި އެވެ.