އެސްޓީއޯ

15 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފި

Feb 27, 2022

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް އިތުރު 15 އެމްބިއުލާންސް ރަށްރަށާ ހަވާލުކޮށްފި އެވެ.

އަތޮޅުތަކުގައި އެކަށީގެންވާ ގޮތަކަށް އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަވެފައިވާތީ ހެލްތު މިނިސްޓްރީން އެ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ހަމަސް ދުވަސް ތެރޭގައި އެމްބިއުލާންސްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް އެއްބަސްވުމުގައި އޮތަސް ކޮވިޑް 19ގެ ބައެއް ދަތިތަކާ ގުޅިގެން އެ މުއްދަތުގައި އެކަން ކުރެވިފައެއް ނުވެ އެވެ.

އެސްޓީއޯ އިން މިއަދު ހަވާލުކޮށް ނިންމި އެމްބިއުލާންސްތަކާ އެކު މިހާރު 41 އެމްބިއުލާންސް މިވަނީ ރަށްތަކާ ހަވާލުކޮށްފަ އެވެ.

15 އެމްބިއުލާންސް ހަވާލުކުރި ރަށްތައް

  • ހއ. ތުރާކުނު
  • ހއ. ވަށަފަރު
  • ހއ. ބާރަށް
  • ހދ. ކުޅުދުއްފުށި،
  • ޅ. ކުރެންދޫ ކ. ކާށިދޫ
  • އއ. ފެރިދޫ
  • މ. މުލަށް
  • ދ. މީދޫ
  • ދ. މާއެނބޫދޫ
  • ލ. މާބައިދޫ
  • ލ. ގަން
  • ގއ. މާމެންދޫ
  • ގދ. ވާދޫ
  • ހުޅުމާލޭ ހޮސްޕިޓަލް

މިއަދު ހަވާލުކުރި 15 އެމްބިއުލާންސްގެ ކުރިން އެސްޓީއޯ އިން އެމްބިއުލާންސް ތަކެއް މާލެ ގެނައީ މިދިޔަ ނޮވެންބަރު 19 ވަނަ ދުވަހު އެވެ.

އެ އެމްބިއުލާންސްތައް އޭރު ފޮނުވާފައިވަނީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ށ. ކުޑަފަރި، ބ. ކެންދޫ، އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ދިއްގަރު، މ. ކޮޅުފުށި، ތ. ބުރުނި، ތ. ވަންދޫ، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި އަދި ގދ. ރަތަފަންދޫ އެވެ.