ސާފް ސުޒުކީ ކަޕް

ގައުމީ ޓީމް އިންޑިޔާއަށް ފުރައިފި

Dec 22, 2015

މާދަމާ ފަށާ ސާފް ސުޒުކީ ކަޕަށްދާ ގައުމީ ފުޓްބޯޅަ ޓީމް މިރޭ އިންޑިއާއަށް ފުރައިފި އެވެ.

ޓުރިވެންޑްރަމްގައި ކުރިޔަށްދާ މުބާރާތަށް މިރޭ ޓީމް ފުރީ 20 ކުޅުންތެރިންގެ ސްކޮޑަކާއި އެސިސްޓެންޓް ދެ ކޯޗުން ކަމަށްވާ އަސްއަދު އަބްދުލް ޣަނީ އާއި އިސްމާއިލް މަޚްފޫޒް (އިއްމަ) އާއެކު އެވެ. މިރޭ ޓީމް ފުރި އިރު ޓީމަށް އަލްވަދާއުކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމު އާދިލް ޖަލީލާއި އެފްއޭއެމްގެ ނޯމެލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމުރާއި މާޒިޔާ ކޯޗު އަލީ ސުޒޭނެވެ.

ޓީމް މިރޭ ފުރި އިރު ކޯޗް ރިކީ ހާބަޓާއި ކެޕްޓަން އަލީ އަޝްފާގު މިހާރު ވަނީ އިންޑިއާގަ އެވެ.

މިއަދު ޓްރެވެންޑްރަމް ގައި އޮތް ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި އަލީ އަޝްފާގު ބުނީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ ޓީމް އޮތީ ވަރުގަދަކޮށް ކަމަށާއި ގައުމީ ޓީމްގެ ކޯޗަކީ އޭނާގެ ހަޔާތުގައި ވެސް ދުށް އެންމެ މޮޅު ކޯޗު ކަމަށެވެ.