އެމްއެންޑީއެފް

އަލިފާން ރޯވެ ގެއެއްގެ ބަދިގެއަށް ގެއްލުން

Feb 28, 2022

އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ބަދިގެއަށް ބޮޑެތި ގެެއްލުންތަކެއް ލިބިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ޑޯންލައިޓްހައުސް ފަސްވަނަ ފަންގިފިލާގަ އެވެ.

ސިފައިންގެއިން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުދާފައި ހުރި ތެޔޮ ތާހެއްގައި ރޯވެގެންނެވެ. އޭގައި ރޯވުމުގެ ސަބަބުން ބަދިގޭގެ ހުޑާއި ކަބަޑުގައި ރޯވެފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މިއަދު ހެނދުނު 6:15 ހާއިރު ފަޔާމަނުން ދިޔައިރު އެގޭގެ މީހުން ވަނީ ތެއް ތުވާޔެއް ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވާލާފަ އެވެ. ނަމަވެސް އޭރު ވެސް އެގޭ ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން ފަޔާމަނުން ވަނީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

ތެޔޮ ތާހުގައި ރޯވެފައި ވަނީ އަލިފާނުގެ ތެރެއަށް ތެޔޮ އެޅުމުން ކަމަށް ބެލެވެ އެވެ.