މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހޯމް މިނިސްޓަރުގެ ނައިބަކަށް ލުއައްޔު

Feb 28, 2022
3

ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމަށް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ކުރީގެ ޖެނެރަލް މެނޭޖަރު، ލުއައްޔު ސައީދު އައްޔަންކުރައްވައިފި އެވެ.

ގދ. ވާދޫއަށް ނިސްބަތްވާ ލުއައްޔު، ހޯމް މިނިސްޓްރީގެ ނައިބު މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައި ވަނީ މިއަދު އެވެ.

ލުއައްޔު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވާސިޓީން 2013 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އޮނާސް އިން އެޕްލައިޑް އެކައުންޓިން ހާސިލްކުރައްވާފަ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ ސީނިއާ އޮޑިޓަރުގެ މަގާމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ އިންޓާނަލް އޮޑިޓް އެގްޒެކެޓިވްގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނައިބުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ އަބޫބަކުރު އަބްދުލްކަރީމް އެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވެސް ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކެއްގެ ގޮތުން ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގަ އެވެ.