މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާ ކޮށްގެން ފިރިހެނަކު ހައްޔަރުކޮށްފި

Feb 28, 2022

އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހެންވޭރު ގެއެއްގައި އަންހެނަކަށް އަނިޔާ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާ ކުރި ކަމަށް ބެލެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލް ނުދީ ފުލުހުން ބުނީ އެކަން ބަލަމުންދާ ކަމަށެވެ.

ހެންވޭރު ރަތްވިލާ ހިނގުމުގައި ހުރި ގެއެއްގައި އަންހެނަކަށް އަނިޔާ ކުރާތީ އެގެ ހިމެނޭ ސަރަހައްދަށް އާންމުންވެސް އެއްވެފައިވެއެވެ.