މިދިޔަ އަހަރަށް ބަލާއިރު ރާއްޖޭގައި އަގު އެންމެ ބޮޑުވެފައިވަނީ ދުންފަތާއި ފޯކުގެ އެވެ.
ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ މިނިވަން ވުޒާރާ، ނޭޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 އިން 2021 އަށް އެއް އަހަރު ދުވަހަށް ބަލާނަމަ މުޅި ރާއްޖޭގެ އިންފްލޭޝަން ހުރީ 0.54 ޕަސެންޓުގަ އެވެ.
ނަމަވެސް އޭގެ ކުރީ ދެ އަހަރު ކަމަށްވާ 2019 އިން 2020 އަށް ބަލާނަމަ އިންފްލޭޝަން ހުރީ 1.37 ޕަސެންޓް ދަށުގަ އެވެ.
މިދިޔަ އަހަރަށް ބަލާއިރު އަގުތައް އެންމެ މަތިވެފައިވަނީ ދުންފަތާއި ދުފަން ބޭނުން ކުރާ ފޯކުގެ އެވެ. މިބައިގެ އިންފްލޭޝަން ވަނީ 20.62 ޕަސެންޓް މަތިވެފަ އެވެ.
ވަކިވަކި ބައިތަކުގެ އަގުތައް ހުރި ގޮތް
- ފުޑް އަދި ނޮން އަލްކަހޯލިކް ބެވަރޭޖް: 1.80 ޕަސެންޓް
- ދުންފަތާއި ފޯއް: 20.62 ޕަސެންޓް
- ހެދުމާއި ފުޓްވެއާ: 0.78 ޕަސެންޓް
- ފެނާއި ކަރަންޓު، ގޭސް އަދި ތެޔޮ: 0.89 ޕަސެންޓް
- ފަރުނީޗަރު އަދި ހައުސް ހޯލްޑް އިކްއިޕްމަންޓް: 0.29 ޕަސެންޓް
- ސިއްހީ ދާއިރާ: 0.01- ޕަސެންޓް
- ފަރުނީޗަރު ފަދަ ތަކެތި: 0.29- ޕަސެންޓް
- އިންފްމޭޝަން އަދި ކޮމިއުނިކޭޝަން: 8.72- ޕަސެންޓް
- ރިކްރިއޭޝަން، ސްޕޯޓްސް އަދި ކަލްޗާ: 0.36 ޕަސެންޓް
- ރެސްޓޯރެންޓް އަދި އެކޮމޮޑޭޝަން: 0.36 ޕަސެންޓް
- އިންޝުއަރެންސް، ފައިނޭންސިން ހިދުމަތް: 0.00 ޕަސެންޓް
- ޕާސަނަކް ކެއާ، އަދި ސޯޝަލް ޕްރޮޓަކްޝަން: 0.08 ޕަސެންޓް
ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު އެވްރެކޮށް ރާއްޖޭގެ އިންފްލޭޝަން ހުންނާނީ އެއް ޕަސެންޓުގަ އެވެ.