ތުރުކީއަށް ރަޝިއާ ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޔުކްރޭން ވެސް ދޫކޮށް ނުލެވޭނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ރަޝިއާ އާއި ޔުކްރޭނަކީ ތުރުކީއަށް ވަފާތެރި ދެގައުމު ކަމަށާއި ވަކިކޮޅެއް ނަގަން ތުރުކީއަށް ކިތަންމް ޕްރެޝަރެއް ކުރި ނަމަވެސް ދެ ގައުމުން ކުރެ ގައުމެއް ދޫކޮށްލެވެން ނެތް ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުން އެނޫން ގޮތްގޮތުން ޔުކްރޭނަށް އެހީތެރި ވެވިދާނެ އެވެ. އޭނާ އަދި ވިދާޅުވީ ތުރުކީއަށް ބާރު އޮންނަ ސަރަހައްދުތައް ކޮންޓްރޯލްކޮށް އެހެން ބަޔަކަށް އަނިޔާވެރިވުމަށް ހުރި މަގުތައް ބަންދުކުރެވިދާނެ ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީން ބުނާ ރަސްމީ ބުނުމަކީ ޔުކްރޭންގައި މިހާރު އެ އޮތީ ހަނގުރާމަ ފެށިފައި ކަމަށާއި ދެ ގައުމަށް ވެސް އޮތް އެންމެ ބުއްދިވެރި ގޮތަކީ މަޝްވަރާކޮށްގެން ކޮޅެއްގައި ޖެއްސުން ކަމަށެވެ.
ތުރުކީއަށް، ތުރުކީ ކަނޑުއޮޅި ބަންދުކުރެވިދާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އެނޫން ގޮތެއްގައި އެސަރަހައްދުން ދަތުރުކުރަން ވަކި އުޅަނދަކަށް ހުއްދަދެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތުރުކީއަށް ވަކިކޮޅެއް ނުނެގިގެން އުޅެނީ ކީއްވެތޯ އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން ސުވާލުކުރާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން ވިދާޅުވީ ޔުކްރޭނުން މިހާރު އެފެންނަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކޮށްފައި ހުރި އުސޫލުތައް ފޭލްވުމުން ވާނެ ގޮތް ކަމަށެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ ތުރުކީއަކީ ވެސް ނޭޓޯގެ ގައުމެއް ކަމަށާއި ނޭޓޯގެ ހައިސިއްޔަތު ދަމަހައްޓާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ނޭޓޯއަށް ޓަކައި އެކުވެރިންނަށް ޚިޔާނާތްތެރިވެ ގައުމުގެ ހައިބަތު ދޫކޮށްލުމަކީ ތުރުކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.