ބޭންކް އޮފް މޯލްޑިވްސް

އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޮނުވަން ބަދަލުތަކެއް

ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ބަދަލުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނެސްފި އެވެ.

އެގޮތުން އިންޓަނޭޝަނަލް ޓްރާންސްފާ ހިދުމަތަށް ގެނެވުނު ބަދަލުތަކަކީ ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވުމާއި، ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހެޅުމާއި، ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ހިޔާރުކުރެވުމުގެ އިތުރުން ޓީޓީ ޕްރޮސެސްވުމުން އާ ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކުން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން އީމެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާގެ ހިދުމަތް ބަލައިގަތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ބޭންކުން ބާރުއަޅަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުން އިންޓަނޭޝަލް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.