ޖަޕާން

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކަށް ތާއީދު: ޖަޕާން

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކަށް ޖަޕާން ތާއީދު ކުރައްވާ ކަމަށް ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއަށް ފޯނުކުރަައްވައި މަޝްވަރާ ކުރައްވަމުން ފުމިއޯ ކިޝިޑާ ވިދާޅު ވިދާޅުވީ ރަޝިއާ މިހާރު އެ އޮތީ ބައިނަލްއަގުވާމީ ގާނޫނުން ބޭރުގައި ކަމަށެވެ. އެވަރުގެ ބަޔަކަށް ހިރިނުލެވޭ ވަރުކުރުމީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގައި ޖަޕާން އޮތީ ޔޫރަޕާއި އެމެރިކާއާ އެކު އެވެ. އެމީހުންގެ ފިޔަވަޅުމަތިން ފިޔަވަޅުއަޅައި ރަޝިއާއަށް ދުނިޔެ ދަންން ހުރިހާ ގޮތަކުން ދަތިކުރުމުގައި ޖަޕާނަކީ ހަރުއަޑުން އަންބާކިޔާ ގައުމެކެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުން ހުރިހާ މާނައެއްގައި ޔުކްރޭނަށް ޖަޕާން އެހީތެރިވާނެ އެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތާ ގުޅިގެން ދުނިޔެ ހަމައަކަށް އަޅުވާނެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ކަމަށް ރަޝިއާ ބުނެ އެވެ. އެހެން ނަަމަވެސް ދުނިޔެ ގަބޫލުކުރަނީ އެހީ ހާމަކަން ބޮޑު ޖަރީމާއެއް ކަމަށެވެ.

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭންގެ ވެރިރަށް ކިއެވް ހިފަން މިހާރު ދެމުން ގެންދާ ހަމަލާތައް ވަނީ ގަދަފަދަކޮށްފަ އެވެ. ރަޝިއާ ކުރިން ބުނި ގޮތުން ރަޝިއާގެ ރައްކާތެރިކަން ކަށަވަރުވަންދެން ޔުކްރޭނަށް ހަމަލާދޭނެ އެވެ.

އެނޫން ގޮތެއްގައި އޮތީ ރަޝިއާ ހުށަހަޅާ ޝަރުތުތަކަށް ޔުކްރޭން އެއްބަސްވެ ހިމޭނުން އޮތުމެވެ.