ހަބަރު

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަޒުލް ހަމަޖައްސައިފި

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަޒުލް ހަމަޖައްސައިފި ގައުމީ ފެން ކުންފުނި، އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް، ފަޒުލް ރަޝީދު ރައީސް މިއަދު އައްޔަން ކުރައްވައިފި އެވެ.  

ރައީސް އޮފީހުން ބުނީ ރައްޔިތުން މަޖިލީޙުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނެވި ފަޒުލް އެ މަގާމަށް ރައީސް މިއަދު ހަމަޖައްސަވާ އެކަމުގެ ލިޔުން އޭނާއަށް ފޮނުއްވާފައިވާ ކަމަށެވެ. ފަޒުލް އެ މަގާމަށް އައްޔަން ކުރަން ރުހުން ހޯދަން ރައީސް އެ ނަން ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވީ މި ހަފްތާގެ ކުރީކޮޅު އެވެ.

ފަޒުލް އަކީ ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން އުފެއްދެވި، ޕީއޭ ގައި ވެސް އިސްދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.  އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެއިން ފެންކެޑުނު ހާދިސާއަށް ފަހު، އެތަނުގެ އެމްޑީއަކަށް ހުންނެވި، އަހުމަދު އުމަރު މިދިޔަ ހަފްތާގައި ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.