ބޮލީވުޑް

ސަލްމާނާއި ސޮނާކްޝީ ފޭކް ފޮޓޯތަކެއް!

ސަލްމާނާއި ސޮނާކްޝީ ކައިވެނި ކުރިކަމަށް ބުނެ ދައުރުވި ފޮޓޯ (ކ) އަދި ދެ މީހުން އެކުގައި ސްޓޭޖެެއްގައި
100%
0%
0%

ސަލްމާން ޚާނާއި ސޮނާކްޝީ ސިންހާގެ "ސިއްރު ކައިވެނީ" ގެ ފޮޓޯތައް ކަމަށް ބުނެ ފާއިތުވީ ދެ ދުވަހުއްސުރެ ސޯޝަލް މީޑީއާގައި ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. މި ފޮޓޯތައް ފެނުމުން ސަލްމާންގެ ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ނަމަވެސް މިއީ ބަޔަކު ހަދައިގެން އުޅޭ ފޭކް ފޮޓޯތަކެއްކަން އެނގުމުން އެންމެންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ސަލްމާން އާއި ސޮނާކްޝީ އަދި ބައެއް ފިލްމީ ތަރިން ޑުބާއީގައި ކޮންސެޓެއް ބޭއްވުމަށް ފަހު އެނބުރި މުމްބާއީއަށް އައީ މީގެ ދެ ދުވަހެއް ކުރިންނެވެ.

ސޮނާކްޝީއަށް ބޮލީވުޑުން ފުރަތަމަ ފުރުސަތު ހޯދައި ދިނީ ވެސް ސަލްމާނެވެ. ސަލްމާންގެ "ދަބަންގް" ގެ ބަތަލާގެ ރޯލު ދީގެންނެވެ. އޭގެ ފަހުން ވެސް ސަލްމާން ކުޅުނު "ދަބަންގް" ސީރީޒްގެ ފިލްމުތަކުގައި ސޮނާކްޝީ ބައިވެރިކޮށްފައި ވެއެވެ. އަދި އޭނާގެ "ދަ-ބަންގް" ކޮންސެޓު އެކި ގައުމުތަކުގައި ބާއްވަމުންދާއިރު ކޮންމެ ދަތުރެއްގައި ވެސް ސޮނާކްޝީ ބައިވެރިވެ އެވެ. ނަމަވެސް ސަލްމާންގެ ގާތް މީހުން ބުނަނީ ސަލްމާނާއި ސޮނާކްޝީ އަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ. އެއަށް ވުރެ ބޮޑު ގުޅުމެއް ނޯންނަ ކަމަށެވެ.

މި ފޭކް ފޮޓޯތައް ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ވައިރަލް ކޮށްލީ މި ދެ އެކްޓަރުން ގުޅެން އެދޭ ބައެއް ފޭނުންކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ސަލްމާން މިހާރު ތައްޔާރުވަމުންދަނީ އޭޕްރީލް ފުރަތަމަ ހަފުތާގައި ފަށަން ހަމަޖެހިފައިވާ "ކަބީ އީދު ކަބީ ދިވާލީ"ގެ ޝޫޓިންގް އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345