އުރީދޫ

އުރީދޫއިން ސެމްސަންގް އެސް22 އަލްޓްރާ ޕްރީއޯޑަރަށް ހުޅުވާލައިފި

Mar 2, 2022

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ގަންނަ ފަސޭހަކޮށްދިނުމަށް ހާއްސަ އޮފާއަކާއެކު އުރީދޫ އިން ޕްރީއޯޑަރު ކުރުމަށް ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ ޕްރީއޯޑަރަށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހަށް ލިބޭނެ ކަމަށެވެ. މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލައްވާ އުރީދޫ ސިމަށެވެ. ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑާ ކަސްޓަމަަރުންނަށް ގެލެކްްސީ ބަޑްސް ދޭއް ވެސް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

ޕްރީއޯޑަރަށް މިއަދު ހުޅުވައިލި ފޯނު އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޯޑަރު ކުރެވޭނެ އެވެ. ފޯނު ރާއްޖެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ގެލެކްސީ އެސް 22 އަލްޓްރާ އިން 5ޖީ ގެ ހަަަލުވި ސްޕީޑް ލިބޭއިރު، މި ފޯނު ފަރުމާކޮށްފައި ވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ.