އުރީދޫ

ފުއާދުގެ ހަޔާތުނާމާ ފޮތް މޫލީ އިން ޕްރީއޯޑާ ކުރެވޭނެ

އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް -- މޫލީ މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ބައޯގްރަފީ ނުވަތަ ހަޔާތުނާމާ ފޮތަށް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

ޕްރީ އޯޑަރަށް މިއަދު ހުޅުވާލާފައިވާއިރު މޫލީ ވެބްސައިޓުން އޯޑަރު ދިނުމުން، އަންނަ ހަފުތާގެ ތެރޭގައި މި ފޮތް ނެރުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް މި ފޮތް ޑެލިވަރީކޮށްދޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ. 190 ސަފުހާ ހިމެނޭ މި ފޮތުގެ އަގަކީ 200 ރުފިޔާ އެވެ.

މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިންމު ހުރިހާ ވާހަކަތަކެއް މި ފޮތުގައި ހިމެނޭނެ އެވެ. އެގޮތުން ފުއާދުގެ ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލުކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ހިދުމަތުގެ ދުވަސްތައްވެސް މި ފޮތުގައި ހިމެނެ އެވެ.

ފުއާދުގެ ބައޯގްރަފީ ލިޔަނީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ބައޯގްރާފީވެސް ލިޔުއްވި ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ އެވެ.

ތަޅަމުދިގޭ މުހައްމަދު ތައުފީގާއި ހާޖަރޭގޭ ސިއްތިގެ ފުއާދު ތައުފީގު ދިވެހީން ދަންނަން ފެށީ ތަފާސްހިސާބަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން އޭނާ ބޯހިމެނުމުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވި އެވެ. އަދި ސާކުގެ ސެކްރެޓިއޭޓުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ.

ދިވެހީންގެ އިހުތިރާމު އޭނާ އެންމެ ބޮޑަށް ހޯއްދެވީ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތުންނެވެ.