އުރީދޫ

އުރީދޫގެ ޑިޖިޓަލް ޕާޓްނަރަަކަށް އެސްއޭޕީ

އުރީދޫ ގްރޫޕުން ހިންގާ ހުރިހާ ކުންފުނިތަކުގެ ހުރިހާ ހިދުމަތްތައް ޑިޖިޓަލްކޮށް، ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަން ގެނެސް ކުންފުނި އިތުރަށް ވަރުގަދަކުރުމަށް ޖަރުމަނުގެ ސޮފްޓްވެއާ ކުންފުނި އެސްއޭޕީއާއާ ގުޅިއްޖެ އެެވެ.

އެކި ޑިޕާޓްމަންޓްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރުމަށް އެހީތެރިވެދިނުމަށް އެސްއޭޕީން ހާއްސަ ސޮފްޓްވެއާތަކެއްގެ ހިދުމަތްދެ އެވެ.

މުޅި ދުނިޔޭގައި ވެސް މިފަދަ ސޮފްޓްވެއާތަކުގެ ހިދުމަތްދޭ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައިި އެސްއޭޕީ ހިމެނެ އެވެ.

އެސްޕީއޭގެ ހިދުމަތްތައް ހޯދަން ފެށުމުން އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރުޕީ)ގެ ސޮފްޓްވެއާއާއި އެސްއޭޕީ އަރީބާ އަދި ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗެއިން ސޮލިއުޝަންގެ ސޮފްޓްވެއާތައް ބޭނުންކުރެވޭނެ އެވެ.

މީގެ އިތުރުން ކްލައުޑް ޕްލެޓްފޯމްގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެސްއޭޕީގެ ހިދުމަތްތައް އުރީދޫން ހޯދަން ފެށުމުން ކަސްޓަމަރުންންނާއި މަުވައްޒަފުންނާއި ސަޕްލަޔަރުންނާ ގުޅިގެން ކުރިއަށް ވުރެ ހަރުދަނާކޮށް މަސައްކަތް ކުރެވިގެންދާނެ އެވެ.

އުރީދޫގެ ސީއީއޯ އަޒީޒް އަލުތުމަން ފަޚްރޫ ވިދާޅުވީ އުރީދޫ އިތުރަށް ތަަރައްގީކޮށް ފުޅާކުރުުމަށް އެސްއޭޕީ ފަދަ ކުންފުނިތަކާއެކު މަސައްކަތް ކުރުމަށް އުރީދޫން އަބަދުވެސް ބޭނުންވާ ކަމަށެެވެ. އަދި އެސްއޭޕީގެ ހިދުމަތްތަކާއެކު ކުންފުނި އިތުރަށް ތަރައްގީކުރުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރެވިގެންދާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.