އުރީދޫ

ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީ ޕާޓްނަރަކަށް އުރީދޫ

މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑްކަޕްގެ ގްލޯބަލް ކަނެކްޓިވިޓް ސާވިސްގެ ހިދުމަތް ދޭން އުރީދޫ ގްރޫޕާ ހަވާލުކޮށްފި އެވެ.

ވޯލްޑްކަޕްގެ ގްލޯބަލް ކަނެކްޓިވިޓް ސާވިސްގެ ހިދުމަތް ދޭން އުރީދޫއާ ހަވާލުކުރުމުން މެޗުގެ ލައިވްގެ ކަންތައްތަކާއި އެ މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްތައް ދޭނީ އުރީދޫ މެދުވެރިކޮށެވެ.

މެޗުތައް ވީހާވެސް ކޮލިޓީކޮށް ދެއްކުމަށްޓައި އުރީދޫއިން މިހާރު ވަނީ 100 ޖިގްގެ މަލްޓި ނެޓްވޯކްތަކެއް އެޅުމަށް މަސައްކަތް ފަށާފަ އެވެ.

ވޯލްޑްކަޕާ ދިމާކޮށް ބްރޯޑްކާސްޓަރުންނަށް ވިހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ގޮތުން އުރީދޫއިން މިހާރު ދަނީ މިފަދަ ހިދުމަތްދޭ ބޮޑެތި ކުންފުނިތަކާއެކު މަސައްކަތް ކުރަމުންނެވެ.

އުރީދޫގެ ޗީފް ބިޒްނަސް އޮފިސަރު ޝައިހް ނަސީރު ބިން ހަމަދު ބިން ނަސީރު އަލް ތާނީ ވިދާޅުވީ ވޯލްޑް ކަޕްގެ ގްލޯބަލް ކަނެކްޓިވިޓީގެ ހިދުމަތް ދޭން އުރީދުއަށް ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ކުޅިވަރުގެ ބޮޑެތި އިވެންޓްތަކުން ނެޓްވޯކްގެ ހިދުމަތްދިނުމުގެ ފުރުސަތު ލިބުމުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަށް ދިއުމަށް އުރީދޫން ކުރާ މަސައްކަތް އެނިގެންގޮސްފައިވާ ކަމަށެވެ.

އުރީދޫގެ ހިދުމަތްތައް ފުޅާކޮށް ފައިވް-ޖީ ހިދުމަތް ދެމުންގެންދާއިރު އެ ކުންފުނިން ދަނީ މެދު އިރުމައްޗާއި، އުތުރު އެފްރިކާގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގައި ވެސް ހިދުމަތް ދެމުންނެވެ.