ސްޓެލްކޯ

މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑޭނެ

Mar 5, 2022

މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މަސައްކަތެއް ކުރަން ޖެހޭތީ މިއަދު މެންދުރު 2:00 އިން 3:30 އާ ދެމެދު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑުން އެކަށީގެންވަނީ ހެންވޭރުން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެގޮތުން ހެންވޭރުގެ މަޖީދީމަގާއި، ކާސިންޖީމަގު، މުސްތަރީމަގާއި ދިއްލީމަގުގެ އިތުރުން ރަތްވިލާމަގުން އެވަގުތު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނީ އެ މަސައްކަތަކީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަށް ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.