އުރީދޫ

ފޭސްބުކް މެދުވެރިކޮށް ރީޗާޖު ކުރެވޭ ގޮތް އުރީދޫން ހަދައިފި

Mar 5, 2022

އުރީދޫ މޯލްޑިވްސް އާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްއާ ގުޅިގެން ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މެޓަަ އާއި ގުޅިގެން މި ހިދުމަތް ފޭސްބުކް މޯބައިލް ސެންޓަރުން ފޯރުކޮށްދީފައިވަނީ، އެކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފޭސްބުކް އަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ހަަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށް ގިނަ ބަޔަކު ބޭނުން ކުރާ ވަސީލަތެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މި ޕާޓްނާޝިޕާއެކު އުރީދޫގެ ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާއެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައްވެސް މެދުކެނޑުމެއް ނެތި ބޭނުންކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ.

"މެޓަ އާއި އެކު އަޅުގަނޑުމެންގެ ޕާޓްނަޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒު ވިދާޅުވި އެވެ.

ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:

  • ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ހިޔާރުކުރައްވާ
  • ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރަައްވާ
  • "މޮބައިލް ސެންޓަަރ-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރެއްވާ
  • ރިޗާާޖް ހިޔާރުކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާާާ

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަން ވެސް ކުރިން ތައާރަފްކޮށްފަ އެވެ. މި ހިދުމަތްތަކާއެކު، އުރީދޫ މޯބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލައި، ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވެ އެވެ.

މިއަދު ތަައާރަަަފް ކުރި ހިދުމަތާާއެކު ޕްލެޓްފޯމް ތެރެއިން ރިޗާޖްކޮށް، ޓެކްސްޓް އޮންލީ ވާޝަން އިން ފޭސްބުކްގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ވެސް ބަަލައިލެވޭނެ އެވެ.