ދުނިޔެ

ޕޭޕަލް ރަޝިއާގައި ޚިދުމަތް މެދުކަނޑާލައިފި

ޕޭޕަލް ވެސް ޔުކްރޭން ހަނގުރާމާގައި ރަޝިއާއާ ދެކޮޅަށް ތެދުވެއްޖެ އެވެ. ޕޭޕަލުން ބުނީ މަސްރަހު އޮތް ގޮތުން ކުރިމަތިވަމުން އަންނަ ޕްރެޝަރުތަކާ ހެދި ރަޝިއާއަށް ޚިދުމަތް ދިނުން ހުއްޓާލަން ޖެހިއްޖެ ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ދުނިޔޭގެ ގައުމުތަކާ އެކުގައި އޮތުމަށް ޕޭޕަލުން ގަސްދުކޮށްފައިވާ ކަމަށް ޕޭޕަލްގެ ސީއީއޯ ޑާން ޝޫލްމަން ވިދާޅު ކަމަށް ޚަބަރުތައް ބުނެ އެވެ.

ޕޭޕަލުން ބުނި ގޮތުން އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރަން ގޮވާލާފައި އޮތް އޮތުމުގައި ކުންފުނިތަކުން ބައިވެރިވަމުންދާ ކަމަށެވެ.

ދުނިޔޭގެ މަސްރަހު އޮތް ގޮތުން ރަޝިއާގައި ޚިދުމަތް ނުދެވޭނެ ކަމަށް ވިދާޅުވެ ސީއީއޯ ވިދާޅުވީ އަމިއްލަ ގައުމުން ކަމަކަށް އެދުމުން އިޖާބަދޭން ޖެހޭނެ ކަމަށެވެ.

ރަޝިއާއަށް ދަތިކުރަން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ކުރަމުން ގެންދާ ހިތްވަރުގައި ބައިވެރިވެ އެޕަލް އާއި މައިކްރޮސޮފްޓް، އައިކިއާ އަދި ސީމަން ވެސް ވަނީ ރަޝިއާގައި ޚިދުމަތްތައް ހުއްޓާލާފަ އެވެ.