އާސަންދަ

ޖަލުތަކުގައި އާސަންދަގެ ހިދުމަތް ދޭން ފަށައިފި

ޖަލުތަކުގައި އާސަންދައިގެ ހިދުމަތް ދިނުން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ޖަލުގައި އާސަންދަ ހިދުމަތް ދޭން ފެށުމުގެ ގޮތުން އައްސޭރި ޖަލުގައި މިއަދު 2:00 އެހާ ކަންހާއިރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހުޝާމް ވިދާޅުވީ މީގެ ކުރިން ބަންދުގައި ތިބޭ މީހުން ބަލިވުމުން ފަރުވާ ދިނުމަށް ސުޕަ ސްޕެޝަލިސްޓުން ވަކި އަދަދެއް ރިޒާވް ކޮށްފައި ހުންނާނެ ކަމަށާއި ނަމަވެސް މިހާރު އެކަން ބަދަލު ވެފައިވާތީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް އާސަންދަ ސްކީމްގެ ތެރެއިން ހުރިހާ ފަރާތަކަށްވެސް ބޭސް ނެގުމުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

"ނަމަވެސް މިއަދު ތައާރަފު ކުރެވުނު އާސަންދަ ސުކީމްގެ ދަށުން ކުށްވެރިންނަށް ނަގަން ޖެހޭ ބޭސްތައް އާސަންދަ ހިދުމަތް ލިބޭ ކޮންމެ ތާކުން މިހާރު ނެގޭނެ،" ހުޝާމް ވިދާޅުވި އެވެ.

މިއަދު އާސަންދާގެ ހިދުމަތް ޖަލުތަކުގައި ރަސްމީކޮށް ފައްޓަވާފައިވާ އިރު ހިންމަފުށި އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތާއި އެޖަލުގައި ގާއިމު ކުރެވުނު ފެންޕްލާންޓް ހައުސް ވެސް ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.