ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

Mar 6, 2022

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމުގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ހަނިމާދޫ ޒުނާވުންގެ ޖަމިއްޔާގެ ފަރާތުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑާއި ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނާއެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން 700 އަށްވުރެ ގިނަ ފޮތް ލައިބްރަރީއަށް ވަނީ އިތުރުކޮށްފަ އެވެ. މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަތް ފޮތް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ދެން ހުރި ފޮތްތައް ހަދިޔާކޮށްފައި ވަނީ އާންމުންގެ ފަރާތުންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ބުނި ގޮތުގައި އެ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރީ އެތަން ބޭނުންކުރާ ދަރިވަރުން އިތުރުވަމުން އަންނާތީ އެވެ.

ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކޮށްފައިވާ ފަންޑެކެވެ.