ދުނިޔެ

ޔުކްރޭނުން މަޝްވަރާތަކަށް ހުރަސްއަޅާ ކަމަށް ޕޫޓިން އުރުދުޣާނަށް ދަންނަވައިފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވީޑިއޯ މެދުވެރިކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ މަޝްވަރާ ކުރައްވައިފި އެވެ. ދެލީޑަރުން މަޝްވަރާ ކުރެއްވީ ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުންނެވެ.

އުރުދުޣާނަށް ޝަކުވާ ދަންނަވައި ޕޫޓިން ވިދާޅުވި ގޮތުން ރަޝިއާ އާއި ޔުކްރޭނާ ދެމެދު މަޝްވަރާތައް ލަސްވަނީ ޔުކްރޭނުން މަގުފަހިކޮށް ނުދޭތީ އެވެ.

ކިއެވުން ބަލަނީ ސިއްރިއްޔާތުގައި ކޮންމެވެސް އެހެން ކަމެއް ކުރެވޭތޯ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަސްކަރީ ފައުމުތައް ދިމަދިމާއަށް ފޮނުވުމާއި ބޯޑަރުން ގުޅިފައި ހުރި ގައުމުތަކުން އަސްކަރީ އެހީ ހޯދުމަކީ ވެސް ކިއެވުން ކުރާ ކަމެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ ދެމުން ގެންދާ ހަމަލާތައް ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓައެއް ނުލާނެ އެވެ. އޭނާ ވިދާޅުވީ ޔުކްރޭނަށް އޮތް ގޮތަކީ މޮސްކޯއާ ސުލްހަވުމެވެ. އަދި މޮސްކޯއިން ހުށަހެޅި ސެކިޔުރިޓީ އެއްބަސްވުން ބަލައިގަތުމެވެ.

ޔުކްރޭނުންގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމާށް އެމެރިކާ އާއި ޔޫރަޕުން އެހީތެރިވެފައި ހުރިކަން ސާބިތުވާ ކަމަށް ވެސް ޕޫޓިން އުރުދުޣާނަށް ދެންނެވި އެވެ. އަދި ބަޔޮކެމިކަލް ލެބޯޓަރީތައް އުފައްދައި ކެމިކަލް ހަތިޔާރު އުފެއްދުމަށް މިސްރާބު ޖަހާފައި ހުރިކަމުގެ ސާބިތު ހެކިތަން ރަޝިއާ އަސްކަރިއްޔާގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށާއި އަވަސް ވާނީ ޔުކްރޭނުން ވެސް ކުރި މަސައްކަތަކުން ކަމަށެވެ.