ދުނިޔެ

އިނގިރޭސިވިލާތުން ޔުކްރޭނަށް 100 މިލިއަން ޑޮލަރު

ޔުކްރޭންގައި މިހާރު އޮތް ސަރުކާރު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ދަމަހައްޓަވަން ޖެހޭ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބޮރިން ޖޯންސަން ވިދާޅުވި ގޮތުން ޔުކްރޭނަށް މިވަގުތު އެހީތެރިވެދެވެން އޮތީ މާލީގޮތުންނާއި އަސްކަރީ ގޮތުންނެވެ.

ޔުކްރޭނަށް 100 މިލިއަން ޑޮލަރު ފޮނުއްވާނެ ކަމަށް ވިދާޅުވެ ބޮރިސް ވިދާޅުވީ އިންސާނީ އެހީތެރިކަމަށް ހައްލު ހޯއްދަވައި ދެއްވުމަކީ ވެސް އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި ގެއްލުން ލިބިފައި ތިބި އާންމު ރައްޔިތުންނަށް އެހީތެރިވުމަށް 159 މިލިއަން ޑޮލަރު ފޮނުވާނެ ކަމަށް ލަންޑަނުން ކުރިން ވެސް ބުނެފައިވެ އެވެ.

ޔުކްރޭންގައި މިހާރު އޮތް ސަރުކާރަކީ އެމެރިކާއަށާއި އިނގިރޭސިވިލާތަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ވަރަށް މުހިިންމު ސަރުކާރެކެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭންގައި އަވައްޓެރި ސަރުކާރެއް ދެމެހެއްޓުމުގެ ބަދަލުގައި ޒެލަންސްކީ ކުރައްވާ ކަމަކީ މާދުރު އެކުވެރިން ހޯއްދެވުމެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕަކީ ޔުކްރޭންގެ ރައްޔިތުންނާ މާބޮޑު ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށް ރަޝިއާއިން ބުނެ އެވެ.

ޔުކްރޭނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރަޝިއާގެ ކިބައިން އެކުވެރިކަން ހޯދުން ކަމަށާއި އަވައްޓެރިން ދޫކޮށްލައި ބީރައްޓެހިންނަށް ދައުވަތު ދިނުމުން މަޝްރަހު އުދާސްވާނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.