މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް

Mar 7, 2022
1

ކުރިއަށް އޮތް ރަމަޟާން މަހު ގުރުއާން މުބާރަތަކާއި މަދަހަ މުބާރާތެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކަައުންސިލުން ވަނީ މި ދެ މުބާރާތް ބާއްވަން ނިންމާފައިވާކަން ހާމަކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ގުރުއާން މުބާރާތާއި މަދަހަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއާ ގުރޫޕް އާއި ޖޫނިއާ ގުރޫޕެވެ. މިމުބަރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ. ޖޫނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ ހަ އަހަރުންދަށާއި ނުވަ އަހަރުންދަށް އަދި 13 އަހަރުންދަށެވެ. ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.

ކޮންމެ ގްރޫޕަކުން އެއްވަނަ އަށް އަންނަ ބައިވެރިއަކަށް 7000 ރުފިޔާ ދެވަނަ އަށް އަންނަ ބައިވެރިއަކަށް 5000 ރުފިޔާ އަދި ތިންވަނަ އަށް އަންނަ ބައިވެރިއަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުން އެއްވަނައަށް 10،000 ރުފިޔާ ދެވަނައަށް 7000 ރުފިޔާ އަދި ތިންވަނައަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.